ވިއްސާރައިގެ ގެއްލުން ކުޑަކުރުމަށް ވެލި ބަސްތާ ޖަހާފައި

ސަމާލުވޭ: މުޅި ރާއްޖެއަށް އުދައަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފި

މުޅި ރާއްޖެއަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން ދެންމެ ނެރެފައިވާ އެލާޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު 12:45 އިން ފެށިގެން ހަވީރު 16:00 އާއި ދެމެދު އުދައަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމުގައިވެސް މެތް އޮފީހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ