ކޮވިޑް-19: ފިޔަވަޅުތައް އަލުން ވަރުގަދަ ކުރުމަށް މައުމޫނު ގޮވާލައިފި

ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލްކުރަން ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލްކުރަން ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅައި އެކަން ތަންފީޒުކުރުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 2469 މީހަކު ފެނިފައިވާއިރު ބަލީގައި 12 މީހުން ވަނީ މަރުވެފައެވެ. އަދި 2049 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ