ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 37 މީހުން މަރުވެއްޖެ

ޖަޕާނަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައި 37 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދީފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތަކާއި އަދި ކޯރުތައް ބަނޑުންވުމުގެ ހާދިސާތަކާއި ގުޅިގެން ގިނަ ބަޔެއް މަރުވެފައިވާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 40،000 ވުރެ ގިނަ މީހުންދަނީ ބައިވެރިވަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަޕާނުގެ ޗީފް ކެބިނެޓް ސެކެރެޓަރީ ވިދާޅުވެފައިވަނީ މިހާތަނަށް 800 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި13 މީހަކު ވީނުވީތަނެއް ނޭންގި ގެއްލިފައިވާ ކަމަށެވެ. އަދި މިމީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޖަޕާނަށް ބޯކޮށް ވިއްސާރަވެހޭނެކަމަށް ލަފާކުރެވޭތީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބޭނެ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ. ނަމަވެސް، ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް އިވެކުއޭޝަން ސެންޓަރުތަކުގައި މީހުން ބަހައްޓަމުން ދަނީ އެތަންތަނުގެ ކެޕޭސިޓީއަށްވުރެ މަދުންނެވެ.

އިވެކުއޭޝަން ސެންޓަރުގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައި

މިމޫސުމުގައި ޖަޕާނައް ބޯކޮށް ވާރޭވެހުމަކީ އާންމު ކަމެކެވެ. ނަމަވެސް މިފަހުގެ ތާރީހެއްގައި މިހާ ބޯކޮށް އެގައުމަށް ވާރޭ ނުވެހޭކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީއިން މައުލޫމާތު ދެއެވެ. ޖަޕާނަކީ ގުދުރަތީ ހާދިސާތައް ހިނގުން ގިނަ ގައުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޖަޕާނަށް އެރި ތޯފާނެއްގައިވެސް 90 މީހަކު މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ