ފޮޓޯ: ޕޮލިސް ލައިފް

ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަޙުޤީޤައް ރިޒާ ފުލުހަށް ހާޒިރުކޮށްފި

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކުންފުންޏަކީ ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏެވެ. މި ކުންފުންޏާ ދެކޮޅަށް ކުރާ ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގެ ތަޙުޤީޤައް ރިޒާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން މައުލޫމާތުދިންގޮތުގައި މި މައްސަލް ތަޙުޤީޤު ކުރުމަށް ރިޒާ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ބ އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް، ޖުލައިމަހުގެ 2 ވަނަ ދުވަހުވަނީ 12 ދިވެހިން ރަހީނުކޮށް ހަމަނުޖެހުން އުފައްދާފައެވެ. ބޮޑުފިނޮޅުގައި ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސްވެފައިވާތީ އެވެ.

ބޮޑު ފިނޮޅުގެ ޑިވޮލޮޕަރ ސީލް މޯލްޑިވްސް ކުންފުނީގެ ވަކީލުން ބުނެފައިވަނީ، ބޮޑު ފިނޮޅުގެ ރިޒޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މެންބަރު ރިޒާ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް މަސައްކަތް ފުރިހަމަކުރުމުން ދައްކަން ޖެހެނީ 12 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް ސީލް ކުންފުނިން ރިޒް ކުންފުންޏަށް 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސީލް ކުންފުނީގެ ވަކީލުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ރިޒް ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭތީ މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންދާކަމަށެވެ.

ހަމައެހެންމެ، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭކަމަށާއި އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވޭކަމަށެވެ.

މި މައްސަލަ ފުލުހުންގެ ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކޮށްފައިވާ 19 ބިދޭސީންގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރޯނު ޢެދުރު

    ނުވާނެ ޢެއްވެސް ކަމެއް.ޕާޓީ ކުއްޖެއްނުން.މިކަންވެސް ނިމޭނީ ސަފާރީ މައްސަލަ ނިމުނުގޮތަށް.މިގައުގަ އިންސާފު ލިބުމަކީ ނާދިރު ކަމެއް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ