ބޮޑުފިނޮޅު: ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ

ފުލުހުން ވިދާޅުވީ، 03 ޖުލައި2020 ވަނަ ދުވަހު ބޮޑުފިނޮޅުން ޙައްޔަރުކުރި ބިދޭސީންގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަޙުޤީޤުކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

މިމައްސާލަގައި ޙައްޔަރުކޮށްފައިވަނީ 19 ބިދޭސީއެކެވެ.

މިމީހުންގެ ބަންދަން މީގެކުރިން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.
ބޮޑުފިނޮޅުގައި ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސްވެފައިވާތީ އެވެ.

ދިވެހިން ރަހީނު ކުރުމާއި ގުޅިގެން ފުލުހުން ވަނީ އެރަަށަށް އަރަން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެރަށުގައި ތިބި ބިދޭސީން ފުލުހުންގެ ގަޔަށް އެއްޗެހި އުކާ ކަންތައް ވަނީ ކޮށްފައެވެ. އެ ހާދިސާގައި ދެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވިއެވެ.

ބޮޑުފިނޮޅު: ހައްޔަރު 19 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ