މާފަރު އެއާޕޯޓް ލެބޯޓަރީ - ފޮޓޯ: އޭޑީކޭ

މާފަރު އެއަރޕޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެގޮތް ހަދައިފި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕީ.ސީ.އާރް ލެބްގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ސޮނޭވާ ރިސޯޓް ހިންގާ ސޮނޭވާ ހޮޓެލްސްއިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީކުރި ލެބްގައި ޕީ.ސީ.އާރު މެޝިންގ ބަހައްޓައި ނިންމާފައިވަނީ  މަސައްކަތް ފެށިތާ 30 ދުވަހުގެ ތެރޭގައެވެ. އެތަނަށް ބޭނުންވާ ޕީ.ސީ.އާރް މެޝިނާއި، މެޝިނަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކެއްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ޕްލާސްޓިކް ވެއާސްއާއި، ކޮންސިއުމަބަލްސް ރާއްޖެ ގެނެސްފައިވަނީ އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މިހާރުވެސް ސާމްޕަލް ޓެސްޓްކުރުމަށް ބޭނުންކުރާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް ލައިޓް ސައިކްލަރ ނައިން ސިކްސްގެ މެޝިނަކާއެކު ތަރައްޤީކޮށްފައިވާ، މި ލެބް ފަރުމާކޮށްފައިވަނީ އަދި ޕީ.ސީ.އާރް ލެބްހެދުމުގެ ޓެކްނިކަލް ހުރިހާ ގައިޑްލައިންތަކާއި، ލެބް ހިންގުމުގެ ސްޓޭންޑެޑް އޮޕަރޭޝަން ޕްރޮސީޖަރސް، އެސް.އޯ.ޕީތައް ތައްޔާރުކޮށްފައިވަނީވެސް ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާއި އެއްގޮތަށް އޭ.ޑީ.ކޭއިންނެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޕީސީއާރު ލެބާއެކު ރާއްޖޭގެ ފަސް ތަނެއްގައި ޕީސީއާރު ޓެސްޓް ކުރެވޭނެ މިހާރު މިވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާފަރުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ފުލުހުންގެ ޑީއެންއޭ ލެބު އަދި އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ