ދިވެހި ރާއްޖެ އަކީ ޤުދުރަތީ މަންޒަރުތަކުން ފުރިފައިވާ ހިތްގައިމު ގައުމެކެވެ. އެގޮތުން ހއ. ކެލާ އަދި ދ. ނޭކުރެންދޫ އަށް ބަލައިލުމުން ފެނިގެންދާނީ މި ދެ ރަށުގެ ހިތްގައިމު ކަނޑޫފަލެވެ. މި ދެރަށަށް ޒިޔާރަތް ކުރާ ކޮންމެ މީހަކުވެސް ކަންޑޫފާ ބަލައިލަން ބޭނުންވާނެކަން ޔަގީނެވެ.
ހދ.ނޭކުރެންދޫގެ ކަނޑޫފާ މަޝްހޫރުވެފައިވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފަލުގެ ގޮތުގައެވެ. އެގޮތުން މި ކަނޑޫފަލަކީ 168ހެކްޓަރު ބޮޑު ކަނޑޫފަލެކެވެ. މި ދެ ކަނޑޫފާ ވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތް ކޮއްފައެވެ.\
މި އަހަރުގެ ކުރީކޮޅުން ފެށިގެން ދެ ކަނޑޫފަލަށް ބަދަލުތަކެއް އަންނަން ފެށިކަމަށް މި ދެ ރަށުގެ ކައުންސިލުން މަޢުލޫމާތު ދިނެވެ. އެގޮތުން ކަނޑޫގަސްތައް މަރުވަމުން ދިޔުމާއި ކަނޑޫފަލުގެ މާހައުލައް ގެއްލުންތައް ލިބެން ފެށިއެވެ. އަދި ކަނޑޫފަލުގެ ތިންބައިކުޅަ ދެބައި ގަސްތައް މަރުވެފައިވާ ކަމަށް މައުލޫމަތުދެއެވެ. ނަމަވެސް މި ދެރަށުންވެސް ގެއްލުން ލިބެމުން ދަނީ ހަމައެކަނި ކަނޑޫފަލަށް އެކަންޏެވެ.
ހދ. ނޭކުރެންދޫގެ ރަށު ކައުންސިލުން ވިދާޅުވެފައިވަނީ މިކަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އަދި މިނިސްޓްރީގެ ޓީމެއް މިހާރު އެރަށަށް އައުމުގެ މަގުމަތީގައިވާކަމަށެވެ.
އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވެފައިވަނީ، ކެލާގެ ކަނޑޫފާ މަރުވާ ސަބަބު ހޯދުމަށް އީޕީއޭއާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއް ކެލާގައި ހަރަކާތްތެރި ވަމުންދާކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޓީމު ނޭކުރެންދޫ ކަނޑޫފަލަށްވެސް ދާނެ ކަމަށެވެ.
ޑރ. އިބްރާހިމް އިތުރަށް ވިދާޅުވީ ސޫތްޕެއް އުޅެންޏާ އެއީ ކޯންޗެއްތޯ ދެނެގަނެ، ޓެމްޕަރޭޗާ އާއި ސެލިނިޓީ އަދި ކޮންޑިޝަނަންތަކާއި ރެޕިޑް އެސެސްމެންޓެއް ހަދަން ޖެހޭނެ ކަމަށެވެ. ހަމައެހެންމެ ސޮއިލް އާއި ވޯޓާއާ އެއްޗެހި ޓެސްޓުކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.
އީޕީއޭ އަދި އެގްރިކަލްޗާ މިިނިސްޓްރީގެ ޓީމެއް ކަނޑޫފާ މަރުވާ ސަބަބު ހޯދަން ދީރާސާއެއް ކުރަމުންދާއިރު، ނޭކުރެންދޫ ކައުންސިލާއި، ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދިރާސާއެއް ހަދަން ފަށައިފައެވެ. މި ދިރާސާ ހަދާފައިވަނީ ކަނޑޫފާ ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) އާއި އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ) އަދި ސޭވް މޯލްޑިވްސް ގުޅިގެންނެވެ.
މިފަދަ ކަނޑޫފާތަކަކީ ރާއްޖޭގެ ރީތިކަމައީ ހިތްގައިމުކަން ދައްކުވަދޭ ތަންތަނެވެ. އެހެންކަމުން ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވެ މުޅިން ނެތިދިޔުމުގެ ކުރިން މިކަމަށް ހައްލެއް ހޯދަން ޖެހެއެވެ.




