ޚާއްސަ އެހީއަށް ބޭނުންވާ އަންހެންމީހާ ހޮޅިދަނޑީގައި އައްސާފައި - ފޮޓޯ: ސީއެންއެމް

ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ

ށ. ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރި މައްސަލަ ޖެންޑާ މިނިސްޓރީން ބަލަން ފަށައިފިއެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ބަޔަކު އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެމީހާ ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް މިނިސްޓްރީންވަނީ ކުރަންފަށާފައެވެ. މިގޮތުން އެމިންސްޓްރީގެ ބޭފުޅުން މިރޭގެ ވަގުތެއްގައި ވަނީ ށ.ފޭދޫއަށް ގޮސްފައެވެ.

އެ އަންހެން މީހާ ހޮޅި ދަނޑިއަކަށް ބަނދެ އަނިޔާކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިއަދު ދައުރުވެފައި ވެއެވެ.

ށ.ފޭދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާމިރު "ފެށުމަށް" ވިދާޅުވީ، އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ކަމަށާއި އަދި އެ ދެމަފިރިންގެ ފަސް ދަރިން ތިބޭކަމަށެވެ. އަދި އެ މީހުންގެ އާއިލާ މީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭއިރު މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް