ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ ތެރެއިން 78 އިންސައްތަ މީހުންގެ ކިބައިން އަލާމާތް ނުފެނޭ

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ ތެރެއިން އެބަލީގެ އަލާމަތް ފެންނަނީ އެންމެ 22 އިންސައްތަ މީހުންގެ ކިބައިން ކަމަށް އެގައުމުގެ ސުޓަޓިސްޓިކް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއާއެކު ކޮވިޑް-19 ފެތުރުމުގައި މިފަދަ މީހުންގެ ދައުރު ބޮޑުކަންވެސް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. މިހެން ކަމުން އަލާމާތް ނުފެނުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

ކޮވިޑް-19ގެ މިއަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިބަލި ޖެހިގެން 155 މީހުންވަނީ މަރުވެފައެވެ. މިއާއެކު އިނގިރޭސިވިލާތުން މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 44،391 އަރައިފައެވެ.

މިހެންނަމަވެސް އިނގިރޭސިވިލާތުގައި މީހުން މަރުވާ ނިސްބަތްވަނީ ފާއިތުވެދިޔަ ދެހަފްތާގައި އެވްރެޖުމިންވަރަށްވުރެ ދައްވެފައެވެ.

މާރޗްމަހުގެ ފަހުކޮޅުން ފެށިގެން ޖޫންމަހުގެ ނިޔަލަށް އިނގިރޭސިވިލާތުގައި އެކިގޮތްގޮތުން މަރުވި މީހުންގެ އެވްރެޖް އަދަދުވަނީ ފާއިތުވެދިޔަ ފަސްއަހަރަށްވުރެ އިތުރުވެފައެވެ. މިގޮތުން ފާއިތުވެދިޔަ ފަސްއަހަރަށްވުރެ 59،000 މަރުވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ