ފުރަބަންދުގެ ހާލަތުގައި މާލޭ މަގުމަތި | ފޮޓޯ: މިހާރު

އެޗްޕީއޭ އިން މާލޭ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރު ވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އައު އާންމު ހާލަތުގައި ޢާއްމު ޚިދުމަތްދޭ ތަންތަނުން، ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭ އިން ޢާއްމު ކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ.

މި އޮޕަރޭޝަނަކީ އެޗްޕީއޭގެ މި އުސޫލާއި އެއްގޮތަށް ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، ޢާއްމު ކާބޯތަކެތި ވިއްކާ ފިހާރަތަކާއި، ޖިމް ނުވަތަ ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓް ފަދަ ތަންތަނުން ޢަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި މިއެޖެންސީއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން 12 ޖުލައި 2020 ން ފެށިގެން ގްރޭޓަރމާލޭ ސަރަޙައްދުގައި ހިންގަމުންދާނެ ޚާއްސަ އޮޕަރޭޝަނެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އައު އާންމު ހާލަތާއިއެކު މާލޭ ސަރަހައްދުގެ ގިނަ އާންމު ހިދުމަތް ދޭތަންތަންވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ