ވެރިރަށް މާލޭގައި މިއަދު ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތް ޢާއިލާއިން ކުރިއަށް ގެންދަނިކޮށް އެމައްޔިތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އައިޖީއެމް ހޮސްޕިޓަލުން ޢާއިލާއަށް އަންގައިފިއެވެ.
ޢާއިލާގެ ފަރާތުން މިނޫހަށް މަޢުލޫމާތު ދެމުން ބުނީ، މިއަދު ހެނދުނު ނިޔާވި މިމީހާ އައިޖީއެމްއެޗަށް ގެންދިއުމުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައިވާކަމަށާއި، އަދި އައިޖީއެމްއެޗަށް ގެންދިއުމުގެ 3 ގަނޑިއިރުކުރިން އޭނާ ނިޔާވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެފައިވާކަމަށެވެ. އަދި ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މައްޔިތާ އައިޖީއެމްއެޗުން ދޫކޮށްލިކަމަށާއި، އެހެންކަމުން އޭނާގެ މޫނު ދެކިލުމަށާއި ވަޅުލުމުގެ ކަންތަކުގައި ޢާއިލާއިން ޙަރަކާތްތެރިވަމުންދިޔަކަމަށެވެ.
އަދި މައްޔިތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އައިޖީއެމްއެޗުން އަންގާފައިވަނީ މައްޔިތާ ވަޅުލުމުގެ މަސައްކަތުގައި ޢާއިލާއިން އުޅެނިކޮށްކަމަށާއި، މައްޔިތާ ގާތު އައިޖީއެމް ހޮސްޕިޓަލުގައިވެސް ޢާއިލާގެ މެންބަރުން ޙަރަކާތްތެރިވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޓެސްޓްގެ ނަތީޖާ ނުލިބެނސްީ އައިޖީއެމް ހޮސްޕިޓަލުން މައްޔިތާ ދޫކޮށްލީ ކީއްވެ؟ އެހޮސްޕިޓަލުގެ ފަރުވާ ކުޑަކަމުން އަހަރެމެން ޢާއިލާ މިވެއްޓުނީ ކިހާބޮޑު ރިސްކަކަށް." ޢާއިލާއިން ބުންޏެވެ.
އެ ޢާއިލާއިން ބުނީ މިފަދަ އިތުރުކަމެއް މުސްތަޤުބަލުގައި އެހެން ޢާއިލާއަކަށް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މިމައްސަލައިގެ ކަންތައްތައް ވެގެން ދިޔަގޮތް ބަލަން ބޭނުންކަމަށެވެ.
މިމައްސަލައާއި ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ހޯދުމަށް މިނޫހުންކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިންވެސް މިއަދު އައިޖީއެމްއެޗަށް ނިޔާވެގެން ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަންވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އެޗްޕީއޭއިން ވިދާޅުވީ، ނިޔާވެގެން މިއަދު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 70 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
A 70 year old Maldivian female taken to IGMH at 01:00 pm, declared deceased on arrival was found to be positive for #Covid19
This is the 13th #Covid19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven
— Health Protection Agency (@HPA_MV) July 8, 2020
މިއީ ކޮވިޑް-19 ގެ ޝިކާރައަކަށްވެ، ރާއްޖެއިން ނިޔާވި 13 ވަނަ މީހާއެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް 2501 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަދި އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން 2158 މީހަކު މިހާތަނަށް މިބަލިންވަނީ ރަނގަޅުވެފައެވެ.
								
											


														
														
														
														
														
														
								
5 Responses
ކިހާދެރަކަމެ
Ehen noonas hospitalah gendhiya iruves othee niyaavefa ,aailaage enmen bahdhalvefa geythereyga enmen ekaku anekakaa bahdhalvefa , dhenoakon hospitalehge vaahakaeh
ޓެސްޓްގެ ނަތީޖާ ލިބެންދެން މައްޔިތާ ޢާއިލާއާ ޙަވާލުނުކުރިނަމަވެސް ކަންތައްހުންނާނެ. ދިވެހިންނަށް ހެޔޮ ޢެއްގޮތްވެސް ނޯންނާނެ
ކަލެޔަށް މާބޮޑަށް އެނގެނީ
0 Tolarence veema vaa goi thi ee