ކުރީގެ މަޝްހޫރު ބޮލީވުޑް ކޮމޭޑިއަން ޖަގްދީޕް އިއްޔެ މަރުވެއްޖެއެވެ. އޭނާ މަރުވީ މުމްބާއީގައެވެ.
ޖަގްދީޕަކީ މިހާރު މަޝްހޫރު ކޮމޭޑިއަން ރޯލްތަކުން ފެންނަ ޖާވިދު ޖެފްރީއާއި ޓީވީ ޕްރޮޑިސަރ ނާވިދް ޖެޕްރީގެ ބައްޕައެވެ. އަދި ޖަގްދީޕް މަރުވިއިރު އޭނަގެ އުމުރަކީ، 81 އަހަރެވެ. އަދި މައުލޫމާތު ލިބޭގޮތުގައި ޖަގްފީޕް މަރުވީ ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
ޖަގްދީޕްގެ ފިލްމީ ކެރިއާއަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ބޮލީވުޑަށް ތަޢާރަފްވި ފިލްމަކީ، 1951 ވަނަ އަހަރު ފިލްމު "އަފްސާނާ" އެވެ. އޭގެފަހުން އާއްމުންގެ ތެރޭގައި އޭނާ މަޝްހޫރު ވެގެން ދިޔައީ 1968 ވަނަ އަހަރު ނުކުތް "ބްރަމް މަޗާރީ" އިންނެވެ.
ޖަގްދީޕްގެ ކާމިޔާބު ފިލްމްތަކަށް ބަލާއިރު، "މުންނާ" ، " އާރް ޕާރް" ،" ދޯ ބިގާ ޒަމީން" ، އަދި "އަންޑާޒް، އަޕްނާ އަޕްނާ" ފަދަ ކުރީގެ މަޝްހޫރު ފިލްމްތައް ހިމެނެއެވެ.
ގިނަ ބަޔަކަށް ޖަގްދީޕް އެންމެ ބޮޑަށް ހަދާން ހުންނަނީ 1975 ވަނަ އަހަރު ނުކުތް ރަމޭޝް ސިއްޕީގެ ޝޯލޭއިންނެވެ. . އަދި އޭނާ އެންމެ ފަހުން ފިލްމަކުން ފެނުނީ 2012 ވަނަ އަހަރު ރިލީޒްކުރި "ގަލީ ގަލީ ޗޯރާ ހޭ" މި ފިލްމުގައި ފުލުހުން ކޮންސްޓަބަލެއްގެ ރޯލުންނެވެ.



