މިއަދު ބާއްވަން ތާވަލުކުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ޝަރީޢަތުގެ އަޑު އެހުން ކެންސަލް ކޮށްފިއެވެ.
އަދީބުގެ ޝަރީޢަތުގެ އަޑުއެހެން ކެންސަލް ކޮށްފައިވަނީ މިއަދު 12:00 އިން ފެށިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީސް ޑިސްއިންފެކްޓު ކުރުމަށް ހަމަޖެހިފައިވާތީ އާއި މި މައްސަލަ އަކީ ގިނަ އަދަދެއްގެ ލިޔުންތައް ހުށައަޅާފައިވާ މައްސަލައަކަށްވާތީވެ، ޕީޖީ އޮފީހުގެ ވަކީލުންގެ ޓީމު އޮފީހަށް ހާޒިރުވެގެން މެނުވީ މައްސަލަ އަޑުއެހުން ކުރިޔަށް ގެންދިއުމަށް ނުހަނު ދަތިވާނެ ކަމަށް، ޕީޖީ އޮފީހުން އަންގަވާފައި ވާތީ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 15:00 އަށް މައްސަލައިގެ އަޑުއެހުން ރިޝެޑިއުލް ކޮށްދެއްވުމަށް ޕީޖީ އޮފީހުން އެދިލައްވާފައި ވީނަމަމަވެސް އެގަޑީގައި ޖަލުގެ ވީޑިއޯ ކޮންފަރެންސް ހަމަޖެހުން ނެތުމުން މިއަދުގެ އަޑު އެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އަދީބުގެ ޝަރީޢަތުގެ އަޑު އެހުން ތާވަލު ކޮށްފައި އޮތީ މިއަދު 13:00 އަށެވެ.
އަދީބުގެ މައްޗަށް ކުރެވޭ 7 ދައުވާ އެއް މިއަދު ތާވަލު ކޮށްފައިވީއިރު އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ 2 ދައުވާ އަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ 2 ދައުވާ އެކެވެ.




