ކުރިއަށް އޮށް ތިން ދުވަހު ބޮޑު ސަރަހައްދަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ދެންމެ ބުނެފައިވާގޮތުގައި ރާއްޖޭގެ ދުރުން، ދުކުނު އިންޑިއާ ކަނޑގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތިން ދަވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅުއެރުމުގެ ފުރުސަތު ބޮޑު ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑި ތަކުގައި މިކަމުގެ އަސަރު ބޮޑުވާނެކަމަށް ބެލެވޭކަމަށް ބުފައިވެއެވެ.

އެހެންކަމުން މޫދާއި ކައިރި ހިސާބުގައި ދިރިއުޅުއަވާ ފަރާތްތަކާއި މޫދަށް އެރި އުޅުއްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމުއް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ވިސްނުމަށް މެޓް އޮފީހުން އެދިވަޑައިގެންފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ