މާލޭ މޭޔަރ ޝިފާ މުޙައްމަދު

ރައްޔިތުންނަށް ކޮށްދޭ ކަންކަން ހުއްޓުވަން ބައިވަރު ފަރާތްތަކުން މަސައްކަތް ކުރޭ - ޝިފާ

ރައްޔިތުންނަށް ކޮށްދޭ ކަންކަން ހުއްޓުވަން ބައިވަރު ފަރާތްތަކުން ދަނީ މަސައްކަތް ކުރައްވަމުން ކަމުގައި މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރ ކަން އައުޓްސޯސް ކޮށްގެން ހައުސިން މިނިސްޓަރ އަސްލަމް މެންގެ ކުންފުންޏަކަށް ހަވާލު ކުރި ވާހަކަ އަޑު އެހިކަމަށާއި އަދި އެއީ ތެދެއްތޯ ކުރީގެ އެމްޑީޕީގެ ނޭޝަނަލް ކައުންސިލް މެންބަރު ޝުޢައިބު ޢަލީ މެޔަރ ޝިފާއާއި ސުވާލު ކުރުމުން ޝިފާ ވިދާޅުވެފައިވަނީ ރައްޔިތުންނަށް ކޮށްދޭ ކަންކަން ހުއްޓުމަށް ގެނައުމަށް އެތައް ބައިވަރު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ.

"މީ އެކަމު ބޮޑުވަރު، އެއްވެސް އަމިއްލަ ކޮމްޕެނީއެއް ނޫޅޭ މިތާކު" މެޔަރ ޝިފާ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަށްވެސް ޓެގް ކުރައްވައި ޝުޢައިބު ކުރައްވާފައިވާ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ކަމަނާއާއި ދިމާލަށް އިސްތިޢުފާ ދޭން ބުނާ ހިސާބަށް ދަޢުލަތުގެ ވައްކަމާއި ޚިޔާނާތުގެ ކަންކަން ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ