ކުޅުދުއްފުށީ އެއާޕޯޓު ހުޅަނގު ފަރާތުން ރާޅު އަރަނީ - ފޮޓޯ: ކޭއޯ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން ދެންމެ ނެރެފައިވާ އެލާޓްގައި ވިދާޅުވެފައިވަނީ މިއަދު މެންދުރު ފަހު 14:30 އިން މިރޭ 20:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަަމަށެވެ.

މެޓް އޮފީހުން ރާޅު އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފައިވާއިރު މިއަދު އައްޑޫ ސިޓީއަށް ވަނީ އުދަ އަރާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ތިން ދަވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅުއެރުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި ދިޔަވަރު ބޮޑުވާ ގަޑި ތަކުގައި މިކަމުގެ އަސަރު ބޮޑުވާނެކަމަށް ބެލެވޭކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ދުރުން، ދުކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެކަމަށް ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ގުގުރުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ