ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޑީއާރްޕީ އަށް ސޮއި ކުރަން މީހުންތައް ގުޅަނީ، އަޅުގަނޑަކަށް ވަގުތެއް ނެތް: ޖާބިރު

ޑީއާރްޕީ އަށް ސޮއި ކުރަން މީހުންތައް ގުޅަނީ ކަމަށާއި އެބޭފުޅާއަށް ވަގުތެއް ނެތް ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީ އިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ޑީއާރްޕީގެ މަސައްކަތްތައް މިހާރު ކިހެނެއްތޯ ޕްރެޒެންޓަރު އެއްސެވުމުން ޖާބިރު ވިދާޅުވީ ޑީއާރްޕީ ވަރަށް ބޮޑު ވެއްޖެ ކަމަށާއި މީހުންތައް ސޮއި ކުރަން ގުޅަނީ ކަމަށާއި ޖާބިރުއަށް ވަގުތެއް ނެތްކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ޑީއާރްޕީ އަށް ސޮއި ކޮށްފައި ފޯމްތައް ނުފުރިޔަސް ބޭނުންވާނީ ހިތް ކަމަށެވެ. ހިތާއި ހިތުން ޑީއާރްޕީ އާއި އެމްޑީޕީ އާއި އޮތީ ކޯލިޝަން ހެދިފައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޑިއާރްޕީ އާއި އެމްޑީޕީ އޮތީމާ ދެން އިތުރު ކޯލިޝަންއެއް ބޭނުން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޯލިޝަން އަކީ އޮންނަ އެއްޗެއް ނޫން ކަމަށާއި ކޯލިޝަނަކީ ރައީސް މަޢުމޫނުގެ މޮޅު ވިސްނުންފުޅުން ހަދައިގެން އުޅޭ އެއްޗެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު އިތުރަށް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި މިސަރުކާރު ނޯންނާނެ ކަމަށެވެ.

ޑީއާރްޕީ އާއި ސަރުކާރާއި ވަރަށް ގާތްތޯ އެއްސެވުމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަކީ ޑީއާރްޕީގެ ޒައީމް ކަމަށް ޖާބިރު ކުރިން ވިދާޅުވެފައިވާ ބަސްފުޅު ވަނީ ތަކުރާރު ކުރައްވާފައެވެ. އެއީ މައުމޫން ލިޔުއްވާފައި އޮތް ގޮތް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
131
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުސާފިރު

    ޖާބިރު ޅިޔަނު މަޖިލީސް ގޮނޑިއަށް ހޮވި މީހުން ލަފެއް ނުގަނެއިބާ. އަޅުގަނޑު ހަމަ އަންތަރީސް ވެއްޖެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ