މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު، ބަންގުލަދޭޝް މީހާ ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބާއްވަމުންދާ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ލުތުފަރު މަރާލި ރޭ 9:30 ހާއިރު، ބޯޓުގައި ހުރި އެކަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެކިފަހަރު މަތިން ދޯނީގެ ދެން ތިބި ހަތަރު މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގުން ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ބަންގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ލުތުފަރުނަމަކަށް ކިޔާ މި ބިދޭސީ މީހާއަކީ އެރަށު “ކުރިމަގު” ބޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.
ގެއްލުނު ލުތުފަރުގެ ހަށިގަނޑު ކަނޑު އަޑިން ފެނިފައިވާއިރު، އޭނާ މަރާލީ ބޯޓުގައި އުޅޭ ބިދޭސީންކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ އެނގިފައެވެ. އަދި ލުތުފަރު މަރާލި ގޮތުގެ މަންޒަރުތައް ފުލުހުން ކުޅުވާފައިވެސް ވެއެވެ.
ލުތުފަރުގެ މަރުގެ ތަޙްޤީޤަށް ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ބޯޓުގައި މަސައްކަތްކުރި 4 ބިދޭސީންނެވެ.





2 Responses
dhogu hadhanee dhogu khabaru kurin kee ehen echchekey faisaa ge massala ekey glhun hingan ulhunee ma maru v hi.ngan ulhunu mee haa tha hus dhogu aee e meehaa ge laarikolhunudheynvegene maraali
dhogudh