8 ފުލުހުން މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު އިންޑިއާ ފުލުހުން ބަޑިން ހަމަލާދީ މަރާލައިފި

އަށް ފުލުހުން މަރާލިކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ގޭންގްސްޓާރ އަކަށް ފުލުހުން ބަޑިން ހަމަލާދީ މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރަ ޕުރަދޭޝްގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ ވިކާސް ނަމަކަށްކިޔާ އެތަކެއް ގިނަ ކުއްތަކަކަށް އަރައިގެންފައިވާ މައްޝޫރު ގޭންގްސްޓާރ އެއް ކަމަށް އިންޑިއާގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ވިކާސްއަށް ފުލުހުން ހަމަލާ ދީފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނިކޮށް ފުލުހެއްގެ ބަޑި އަތުލައި ފުލުހުންނަށް ހަމަލާ ދިނުމަށް އުޅުމުން އަމިއްލަ ހަށި ރައްކަލަށް ކަމަށެވެ.

ނަމަވެސް ގިނަބަޔަކު އަންނަނީ މިއީ ހަގީގަތުގައި ކަންހިނގި ކޮތްކަމާމެދު ސުވާލު އުފައްދަމުންނެވެ. އިންޑިއާގައި ބޮޑެތި ކުއްތައްކުރާ ފަރާތްތައް މަރާލުމަށްފަހު ފުލުހުން ގިނަ ފަހަރަށް ދައްކަމުންދާ އުޒުރަކީ މިހާދިސާއާއި ދާދި އެއްގޮތް އުޒުރުތަކެވެ.

މައުލޫމާތު ލިބޭގޮތުގައި ވިކާސްއަކީ ސިޔާސީ ވެރިންގެ ފުށުން ހިމާޔަތް ލިބި މިހާތަނަށް އޭނާކުރި ކުއްތަކަށް އަދަބު ނުދެވިފައިވާ ކުއްވެރިޔެކެވެ. ވިކާޝްގެ މައްޗަށް ކުރާ ތުހުމަތު ތަކުގެ ތެރޭގައި މީހުން މެރުމާއި، ކިޑްނެޕް ކުރުމާ، ހުޅުޖެހުމާ، އަދި ހަމަނުޖެހުން ހިނގުން ހިމެނެއެވެ. މިގޮތުން މިފަދަ 60 ވުރެ ގިނަ ތުހުމަތު ވިކާޝްގެ މައްޗަށް މިހާތަނަށް ކޮށްފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ