ށ.ޅައިމަގު "ކުރިމަގު" ބޯޓުގައި މަރާލި އުމުރުން 40 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ ލުތުފަރު މަރާލި ގޮތާއި، މަރާލުމަށްފަހު ލުތުފަރުގެ ހަށިގަނޑާ މެދުގައި އަމަލުކުރި ގޮތުގެ ތަފްސީލު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ލުތުފަރު މަރާލީ "ކުރިމަގު" ބޯޓްގެ ފަލްކާ މަތީގައި ނޭވާ ހާސްކޮށްލައިގެން ކަމަށާއި، އޭނާއަށް ޖިސްމާނީ ގޮތުން އެކި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.
ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފުރަތަމަ އެއްލާލީ ފަޅު ތެރެއަށް ކަމަށާއި، ނަމަވެސް މަރާލިތާ ގަޑިއެއްހާއިރު ފަހުން، އެރޭ 13:30 ގައި، ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް ބޯޓަށް ނެގިކަމަށް ފުލުހުން ވިދާޅުވިއެވެ.
ލުތުފަރު ފަޅުތެރެއިން ބޯޓަށް އެރުވުމަށްފަހު، ލުތުފަރު ލައިގެން ހުރި ޓީޝާޓާއި ގަމީސް ބާލާ، ލުތުފަރުގެ ގައިގައި ހުރި ފެންތައް ފުހުމަށްފަހު ރީތި ހެދުމެއް ލައްވާ އޭނާ ނިދާތަނުގައި ބޭއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ލުތުފަރުގެ މަރާލާފައިވާ ހަށިގަނޑާމެދު ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށްފަހު އެންމެ ފަހުން ނިންމާފައިވަނީ އޭނާގެ ހަށިގަނޑު ކަނޑަށް ފެއްތުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބާއްވަމުންދާ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ލުތުފަރު މަރާލި ރޭ 9:30 ހާއިރު، ބޯޓުގައި ހުރި އެކަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެކިފަހަރު މަތިން ދޯނީގެ ދެން ތިބި ހަތަރު މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ލުތުފަރު މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގުން ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ހިޔާލު
Aslu neygey ne hagee gatheh anekaa dhiri huri nama ingey nee hageegayy mi meehun dhogu ves hadhaafaane anekaa kuhveri kihfa