ކިއާނު ރީވް ސް އަދި ޕްރިޔަންކާ ޗޯޕުރާ

"މެޓްރިކްސް 4" އިން ޕްރިޔަންކާ ވެސް ފެންނާނެ!

1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް “ދަ މެޓްރިކްސް” ސިލްސިލާގެ 4 ބައި އުފެއްދުމުގެ މަސައްކަތްމިހާރު ކުރަމުން އަންނައިރު، ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި “ޕްރިޔަންކާ ޗޯޕުރާ” މި ފަހަރުގެ ފިލްމްއިން ފެނިދާނެ ކަމުގެ ޙަބަރުތަކެއް މީޑިއާގައި މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް، މިހާރު މި ވާހަކަ މިވަނީ ހަޤީގަތަކަށް ވެފައެވެ.

ހޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން، ޕްރިޔަންކާ މިހާރު ވަނީ، މެޓްރިކްސް ގެ 4 ވަނަ ބައި ކުޅުމަށް ސޮއި ކޮށްފައެވެ. އަދި މި ޙަބަރާއެކު، ޕްރިޔަންކާގެ ފޭނުން އަންނަނީ، ސޯޝަލް މީޑިއާގައި އުފާ ފާޅުކޮށް، އޭނައަށް މަރުޙަބާ ކިޔަމުންނެވެ. ޕްރިޔަންކާގެ މި ކާމިޔާބީ އޭނަގެ ފޭނުން ފާހަގަކުރަމުން އަންނައިރު، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ އޭނަގެ ހޮލީވުޑް ފިލްމީ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައި ގެނެސްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް މި ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވެއެވެ. އެއީ 1999 ވަނަ އަހަރު ނުކުތް “ދަ މެޓްރިކްސް”، 2003 ވަނަ އަހަރު ރިލީޒްކުރި “ދަ މެޓްރިކްސް ރީލޯޑެޑް” އަދި “ދަ މެޓްރިކްސް ރިވޮލިޔުޝަންސް”އެވެ.

ޕްރިޔަންކާ މެޓްރިކްސްގެ ކާސްޓާއި ގުޅޭއިރު، މިހާރު އަންނަނީ ފިލްމްގެ ޝޫޓިން އަލުން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ. މި ފިލްމްގެ މަސައްކަތް މަޑުޖެހިނީ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ.

މެޓްރިކްސްގެ ކުރީ ފިލްމްތަކުގެ ލީޑުންވެސް ފެނިގެންދިޔަ ތަރިންކަމުގައިވާ “ކިއާނު ރީވްސް” އަދި “ކެރީ-އެނެ މޮސް” ފިލްމްގައި ކުރިން ފެނިގެންދިޔަ “ނިއޯ” އަދި ޓްރިނިޓީ”ގެ ރޯލު އަދާކުރާނެއެވެ. އަދި “ހައު އައި މެޓް ޔުއާ މަދާ” ގައި “ބާނީ” ގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ނީލް ޕެޓްރިކް ހެރިސްވެސް މެޓްރިކްސްގެ 4 ވަނަބައިގައި މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.

“މެޓްރިކްސް 4″ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ “ލާނާ ވަޗައުސްކީ”އެވެ.

މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައި ވާ ތާރީހަކީ، 2022 ވަނަ އަހަރުގެ އޭޕްރީލް 1 އެވެ. ކުރިން މި ފިލްމް ރިލީކުރަން އޮތީ، އަންނަ އަހަރުގެ މެއި މަހުގައެވެ. އެހެންނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ފިލްމް ރިލީޒްކުރުންވެސް ފަސްވީއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ