އައްޑު ސިޓީ އަށް އުދަ އަރަނީ | ފޮޓޯ: އައްޑޫ ލައިވް

ބޮޑެތި ރާޅު އަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރާޅު އަރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބޮޑެތި ރާޅު އަރާފާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ހުރިހާ އަތޮޅަކަށެވެ.

މިއަދު މެންދުރިފަހު 03:00 އިން މިރޭ 07:30 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެ ސަރަހައްދަށް ރާޅު އަރާނެކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

ރާޅު އަރާނެކަމަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު މެންދުރު ފަހު 14:30 އިން ފެށިގެން 18:00 އާއި ހަމައަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެ މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމުގައި މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓް އާއި 6 ފޫޓް އާއި ދެމެދު މިނެއްގައި ހުންނާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ