ރާޅު އަރާނެކަމަށް މުޅި ރާއްޖެއަށް އެލާޓް ނެރެފި

ރާޅު އަރާނެ ކަމަށް ލަފާކޮށް މުސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައި ވަނީ މިއަދު15:30 އިން ފެށިގެން19:30 އާއި ހަމައަށް ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށެވެ. އެގޮތުން މި އެލާޓް ވަނި މުޅި ރާއްޖެއަށް ނެރެފައެވެ.

މި ދުވަސް ވަރަކީ މުސުން ގޯސް ދުވަސް ވަރެއްކަމުން މެތް އޮފީހުން އަންނަނީ ރާއްޖެގެ އެކި ސަރަހއްދުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން ރޭ ވެސް ވަނީ ރާޅު އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އެލާތް ނެރެފައެވެ.

މެޓް އޮފީހުން ވިދަޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެން ވާކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން 3 ފޫޓު އާއި 6 ފޫޓުއާއި ދެމެދު ހުންނާނެކަމަށްވެސް މެތް އޮފީހުން ވަނި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
211217
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ