ބ. އޭދަފުށި މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
މި މަޝްރޫއުގެ 79 ޕަސަންޓް މަސައްކަތް ވަނީ ނިންމައިފައެވެ. އެގޮތުން ސްޓޯރމް ވޯޓަރ ނެޓްވަރކް ގާއިމް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ލެޔަރ އެޅުމުގެ މަސައްކަތުގެ 64 ޕަސެންޓް ވެސް ވަނީ މިހާރު ނިމިފައެވެ.
ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކުރުމާއި، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅުމާއި، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި އަދި ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢޫގެ ދަށުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 38.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ބ. އޭދަފުށި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ.