ހއ. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން 8103 ސްކެެއާ ކިލޯމީޓަރުގެ ސަރަހައްދެއް ސާފުކޮއް ޑްރެއިނޭޖް ގަޓަރ ހެދުމާއި ސޯކް ޕިޓް އިންސްޓޯލް ކުރުމާއި ކާބް ސްޓޯން ހަރުކުރުމާއި އަދި ޕޭމެން ބްލޮކް ހަރުކުރުން ހިމެނެއެވެ.
2,530,011.82 ރުފިޔާހަރަދުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ 12 ޖުލައި 2020 ގައެވެ. އަދި މި މަޝްރޫޢުގައި ސޮއެކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ. މިއީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.




