ސީއެސްސީގެ މެންބަރު ކަމުން ޝަހީޤު ވަކިކޮށްފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމުން، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަހީޤު ވަކިކޮށްފި އެވެ.

ޝަހީޤު މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ދެންމެ ނެގި ވޯޓުންނެވެ. ޝަހީޤު މަގާމުން ވަކި ކުރެއްވުމަށް 48 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވިއެވެ.

ބ ގޮއިދޫ، ޝޯޝަންގޭ އިބްރާހިމް ޝަހީޤު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުން ވަކި ވެފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާން ކޮށްފައެވެ.

އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުޙައްމަދު އާއި ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ހުސައިން އަދި ޝަހީޤު ވަކި ކުރުމަށް މިއަދު މަޖިލީހުގައި އެޖެންޑާ ކޮށްފައިވީ ނަމަވެސް ވޯޓު ނެގުމުގެ ކުރިން އެ ކޮމިޝަނަގެ ރައީސް ޝަމީމް އާއި ނައިބު ރައީސް ޝަހީދު އަދި މެންބަރު ޒަކަރިއްޔާ ވަނީ އިސްތިޢުފާ ދެއްވާފައެވެ.

ވަކި ކުރަން ނިންމާފައިވާ 4 މެންބަރުންގެ ތެރެއިން އިސްތިޢުފާ ނުދެއްވާ ހުންނެވި ހަމައެކަނި ބޭފުޅަކީ ޝަޙީޤު އެވެ. ޝަހީޤު ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ