މާލޭގެ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓާއި ޑްރަގް އިންޓަލިޖެންސް ޔުނިޓުން ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި 1.209 ކިލޯގެ ކެނަބިސްއާއި، 454.8 ގްރާމްގެ ހެރޮއިން އަދި 0.6 ގަރާމްގެ ކޮކައިން ފެނިފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، އެއީ ކޮން ބައެއްކަމާއި، އެމީހުން ހައްޔަރުކުރީ މާފަންނުގެ ކޮން ގެއަކުންކަން ފުލުހުން ވިދާޅެއް ނުވެއެވެ.
Last night, our Drug Enforcement Department & Drug Intelligence Unit successfully conducted a search at a house in Maafannu Ward & seized 1.209 kgs of cannabis, 454.8 grams of heroine and 0.6 grams of cocaine. We arrested 3 individuals linked to these from a known crime group.
— Maldives Police (@PoliceMv) May 17, 2019
މާލޭގެ ގެޔަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ހައްޔަރުކުރިއިރު ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އިއްޔެ ހައްޔަރުކޮށްފައިވެއެވެ. އަދި މަސްތުވާތަކެއްޗާއެކު ށ. ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަފާ އިސްމާއިލް ހައްޔަރުކޮށްފައިވަނީވެސް އިއްޔެއެވެ.