ފޮޓޯ: އެމްޓީސީސީ

ލ. ފޮނަދޫ މަގުތައް ހެދުމުގެ %59 ނިންމައިފި

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ %59 ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް މިހާރު ކުރިއަށް އެބަދޭއެވެ. އަދި ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެއެވެ.

ލ. ފޮނަދޫގައި މި މަޝްރޫޢުގެ ދަށުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެކަމަށާއި އަދި ގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ލ. ފޮނަދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ