ފޯނު ދީގެން ކުޑަކުދިންގެ ހިތް ރުއްސުން މީ ރަނގަޅު ގޮތެއް ނޫން

ސްމާޓް ފޯނު ދީގެން ކުޑަކުދިންގެ ހިތް ރުއްސުން މިއީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް މިކަމުން ލިބިދާނެ ގެއްލުންތަކާއިމެދު ވިސްނާލުން ވަރަށް މުހިންމެެވެ.

ފޯނު ދިނީމާ ކުދިން ސަކަރާތް ނުޖަހާ މަޑުން ހުންނާނެއޭ، ކާންދޭ ގަޑީ ފޯނު ދިނީމާ ޝަކުވާނުކޮށް ވަރަށް ފަސޭހައިން ކައޭ ބުނެ ފޯނު ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކަންފަސޭހަ ކޮއްލަން ކުރެވޭ މިކަހަލަ ކަންތައްތަކުގެ ސަބަބުން އެ ކުދިންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު އެބަކުރެއެވެ.

ކުދިން ފޫހިވެގެން ޝަކުވާ ކުރަން ފެށުމުން ގޭމު ކުޅެލާށޭ ނޫނީ ކާޓޫނެއް ބަލާލާށޭ ބުނެ ވަރަށް ގިނަ ބެލެނިވެރިން އެ ކުދިންގެ އަތް މައްޗަށް ފޯނު ދޫކޮއްލައެވެ. ގަޑި ދެގަޑި އިރު ފާއިތުވެގެން ދާއިރު އެ ކުދިން ކޮބާތޯ ގިނަފަހަރަށް އޮންނަނީ ބަލާ ނުލެވިފައެވެ. މިއީ ބެލެނިވެރިންގެ ފަރާތުން ފެންނަ ނުރަނގަޅު އާދައެކެވެ. މާ ބޮޑަށް ފަރުވާކުޑަ ކޮށްލެވެނީއެވެ.

މިގޮތަށް ފޯނު ދީގެން އެކުދިން ހިތްހަމަ ޖެހުނުނަމަވެސް އެ ކުދިންނަށް ލިބޭ ގެއްލުމާ ދޭތެރޭ އެއްވެސް ވަރަަކަށް ވިސްނާ ނުލަނީތޯއެވެ؟ މާ ގިނަވަގުތު ފޯނަށް ބަލާނަމަ ލޮލުގެ މައްސަލަތައް އެބަ ދިމާވެއެވެ. މިކަމުގެ ސަބަބުން ޅަ އުމުރުގައި އައިނު އަޅަން ޖެހޭ ކުދިންގެ އަދަދު އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ.

މާ ގިނައިން ފޯނު ބަލާ ނަމަ ސިކުނޑި އަށް އޭގެ އަސަރު އެބަ ކުރެއެވެ. ހެދި ބޮޑުވަމުން އަންނަ އުމުރު އެކުދިންގެ ސިކުނޑިއަށް މިފަދަ ކަންކަމުން އަސަރު ކުރިއަ ނުދޭށެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ބޮލުގައެޅިފައި އޮންނަ ޒިންމާއެކެވެ. ފަރުވާ ކުޑަ ނުކޮށް މިކަންކަމާމެދު ވިސްނާލުން ވަރަށް މުހިންމެވެ.

މިލިޔުން ކިޔާލުމުން
731
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުހައްމަދު

    ރަގަޅު ޓޮޕިކެއް ނަމަވެސް ލިޔުން ވަރަށް ކުރު. ލޮލާއި ސިކުނޑީގެ ވާހަކަ މައިގަނޑު ޕޮއިންޓަކަށް ހުރީ. ފޯނަކީ އެއިން ވަރަށް ގެއްލުން ލިބޭ އެއްޗެއް. އެ ވާހަކަތައް ނެތް ލިޔެފައި.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ