ވެރިރަށް މާލެ

މާލޭގައި ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ އަނިޔާކޮށްފި

މާލޭގައި ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކައި، ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ.

"މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކައި، ޖިންސީ ފުރައްސާރަކުރި މައްސަލައެއް ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް އަނިޔާކޮށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުންނަށް ހުށެހެޅުނުއިރު، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ވަޒީރުކަމުން ވަކިކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ އެހެނިހެން ބައެއް ވެރިންނަށްވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވެމުންދާއިރު، އުމުރުން 2 އަހަރު ނުފުރޭ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
2816
ގުޅުންހުރި ލިޔުންތައް

2 Responses

  1. aharen

    kudhin bas ahaabala,mammamen vx thankolheh zinmaadhaaruvebala?????

    4
    2
  2. علي وحيد

    ތި ސަތާރަ އަހަރުގެ އަންހެން ކުއްޖާގެ މައްސަލަ ވެސް ދާނީ ތޮޅިއަށް އެމްޑީޕީ އަށް ނިސްބަތްވާނެކަނއް ޔަގީން

    9
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ