ކޮވިޑް-19: ކެލިފޯނިއާގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ކޮވިޑް-19 ފެތުރުން އިތުރުވާން ފެށުމާއި ގުޅިގެން އެމެރިކާގެ ކެލިފޯނިއާގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް މިދިޔަ ހޯމަދުވަހު އިއުލާން ކޮށްފައިވާ އާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ބުނާގޮތުން، އިއްޔެއިން ފެށިގެން ކެލިފޯނިއާގެ ރެސްޓޯރެންޓުތަކާއި، ބާތަކާއި، މުނިފޫހިފިލުވައިދޭ ތަންތަނާއި، ޒޫތަކާއި، އަދި މިއުޒިއަމް ތަކުގެ އެތެރޭގައި ދެން އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

މީގެއިތުރުން ފައްޅިތަކާ، ޖިމްތަކާ، އަދި ބޯކޮށުމުގެ ހިދުމަތް ދޭތަންތަން ބަންދުކުރުމަށްވެސް ކެލިފޯނިއާއިންވަނީ ނިންމައިފައެވެ. ކެލިފޯނިއާ ފާހަގަ ކޮށްލެވެނީ، ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބުނު އެމެރިކާގެ ހުޅަނގުގެ ސުޓޭޓުގެ ގޮތުގައެވެ.

މިގޮތުން ކެލިފޯނިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދަކީ 330,000 މީހުންނެވެ. އަދި މިބަލި ޖެހިގެން އެ ސުޓޭޓުންވަނީ 7،000 ވުރެ ގިނަ މީހުން މަރުވެފައެވެ.

ރޮއިޓާރސް ނިއުސް އެޖެންސީއިން މައުލޫމާތު ދޭގޮތުގައި ފާއިތުވެދިޔަ ދެހަފްތާގައި އެމެރިކާގެ 50 ސުޓޭޓުގެ ތެރެއިން 40 ސުޓޭޓުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ