އަދީބުގެ ދަޢުވާތައް ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފި

އަދީބުގެ ދަޢުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދެންމެ ވިދާޅުވީ އަދީބުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ހައި ކޯޓުގައި މައްސަލަ ކުރިޔަށް ދާގޮތް ދެން ބެއްލެވުމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. ކޯޓުގެ މި ނިންމުން ބަލައި ނުގަންނަ ކަމަށް ޕީޖީ ދެއްވި ޕްރެސްއެއްގައި އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އަދީބްގެ މައްޗަށް ދައުލަތުން އިއްވި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ހުކުމް އިއްވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދީބުގެ މައްޗަށް 150 ދައުވާ ކުރާނެހާ ލިޔުން އެބަހުރި ކަމަށާއި، އެފަދަ ދައުވާތަކެއް ކުރެވިއްޖެނަމަ 806 އަހަރުގެ ހުކުމް އަންނާނެ ކަމަށެވެ. މި އަދަދު ތަޙްޤީޤުތައް ނިމޭއިރު އިތުރުވެސް ވެދާނެ ކަމަށާއި، ހަމަ ޤައިމުވެސް އަދަދު މަދު ނުވާނެކަމަށް ޕީޖީ ވަނީ އިއްޔެ ވިދާޅުވެފައެވެ.

އަދީބްގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާޠިލް ކުރުމަށް ނިންމުމާއި ގުޅިގެން އަދީބް ވަނީ މިނިވަން ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ