ކެބިނެޓާއި އެހެނިހެން މިނިވަން މުއައްސަސާތައްވެސް އުވާލައި އެއިން ކޮންމެ ކަމަކަށް ރައްޔިތުންގެ މަޖްލީހުގައި ކޮމިޓީއެއް ހަދަންވީކަމަށް މަންދު ކޮލެޖުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، ކެބިނެޓްވެސް ޕީޖީވެސް، އޮޑިޓަރ ޖެނެރަލްވެސް ސީއެސްސީވެސް އެޗްއާރސީއެމްވެސް، އިންޓެގްރިޓީ
ކޮމިޝަންވެސް އިލެކްޝަން ކޮމިޝަންވެސް އުވާލައި، އެއިން ކޮންމެކަމަކަށް މަޖްލީހު ކޮމިޓީއެއް ހަދަންވީ ކަމަށާއި އޭރުން ޚަރަދުކުޑަވެފައި ނުހޮރޮއްޕާން ކުޑަވާނެ ކަމަށެވެ.
އިބްރާ މިމޭރަމުން ބުނެފައިމިވަނީ، މިހާރު މަޖްލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާގޮތުން އެހެނިހެން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވާލެއް ބޮޑުކަމުން އެކަމާއި "މަލާމާތަކަށް" ކުރެއްވި ޓްވީޓެއްކަމެއް ބެލެވެއެވެ.
Cabinet ves, PG ves, AudG ves, CSC ves, HRCM ves, NIC ves, EC ves uvaalai, ein konme kamakah Majlihu committee eh hadhan vee. Kharadhu kudavefa nuforuppaan kuda vaane.
— Ibra - Unapologetically for Justice (@ibramandhu) July 15, 2020
އިބްރާ އިތުރަށް ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ވެސް ހަދަންވީ ގޮތެއް މަޖިލީހުން އަންގާނަމަ، ޕީޖީގެ މުސްތަގީލް ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކުއްލި މައްސަލައަކުން ގޭސް އެރުވުން ފިޔަވައި ވާނެ ކަމެއް ނޯންނާނެ ކަމަށްވެސް އިބްރާ ބުނެފައިވެއެވެ.
"މިނިވަން މުއައްސަސާ ކޮމިޓީއިން ޕީޖީ އަމަލު ކޮއްފައިވާ ގޮތް ބަލަންވީނު؟ ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަ ބަލަންވީނު؟ އަނދުން އަޅުއްވަނީ ހާދަ ވަރަކަށޭ ދޯ؟" އިބްރާ ވިދާޅުވިއެވެ.



