އައްޑު ސިޓީ ހިތަދޫގައި ރޭ ދަންވަރު 2:00 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއް ގޯޅިޔަކަށް އަޅާލި ވަގުތު، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކާރުގައި ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން ހުރި ޒުވާނާއަށެވެ. އޭނާގެ ބޮލާއި މޫނުގެ އިތުރުން ހަށިގަނޑަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.



