ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 32,695 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ އިންޑިއާގައި ފުރަތަމަ ފަހަރަށް މިހާ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ.
ކޮވިޑް-19 އަށް ރެކޯޑް އަދަދަކަސް މީހުން ޕޮޒިޓިވް ވެފައިވީނަމަވެސް މިދިޔަ ބުދަ ދުވަހުވަނީ އެގައުމުން މި ބަލިން ރަނގަޅުވާ މީހުންގެ އަދަދު %63.24 އަށް އަރައިފައެވެ.
އަދި ކޮވިޑް-19 ގެ ސަބަަބުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އިންޑިއާއިން 606 މީހުން ވަނީ ކޮވިޑް-19 ގެ ސަބަބަުން މަރުވެފައެވެ. އެހެންކަމުން އެގައުމުން މިހާތަނަށް 25,915 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ޖުމްލަ މަރުވެފައިވާ މީހުންގެ އަދަދު 968,876 މީހުންނަށް ވަނީ އަރާފައެވެ.
އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 612,815 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު 331,146 މީހަކަށް ފަރުވާދެމުންދެއެވެ.
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާރު 574,464 މީހުން މަރުވެފައިވާއިރު މިބައްޔަށް 13,150،645 މީހުން ވަނީ މުޅި ދުނިޔެއިން ޕޮޒިޓިވް ވެފައެވެ. މިބަލި ޖެހުމަށްފަހު މިހާތަނަށް ޖުމްލަ ރަނގަޅުވެފައި ވަނީ 8,155,789 މީހުންނެވެ.



