ބީއެމްއެލްގެ ކޮމިއުނިޓީ ފަނޑުގެ އެހީތެރިކަމާއެކު ނެއްލާދޫގައި ހަދާފައިވާ ޕާކް - ފޮޓޯ: ދޭހަ

ކުރިޔަށް އޮތް 4 މަސްތެރޭ 68 ރަށަކަށް ޕާކް ފޮނުވޭނެ - މަޙްލޫފް

އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތް ހަތަރު މަސްތެރޭގައި އިތުރު 68 ރަށަކަށް ކުޑަކުދިންގެ ޕާކް ފޮނުވޭނެކަމުގައި ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަޙްލޫފް ވިދާޅުވެފައި ވަނީ ޔޫތް މިނިސްޓްރީ އިން މިހާތަނަށް 37 ރަށަކަށް ކުޑަކުދިންގެ ޕާކް ފޮނުވާފައިވާނެކަމަށާއި، ޕާކްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ދާދި ފަހުން ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމް ކުރުމަށް ބޭނުންވާ ސާމާނު އެ މިނިސްޓްރީއާއި ހަވާލު ކޮށްފައެވެ. މިނިސްޓަރ މަޙްލޫފް ވަނީ ޖިމް ޤާއިމް ކުރުމަށް ނިންމާފައިވާ ރައްތަށްވެސް މިހާރު އިޢުލާނު ކުރައްވާފައެވެ.

މިގެ އިތުރުން ޔޫތް މިނިސްޓްރީން އަންނަނީ ރަށްރަށުގައި ފުޓް ބޯޅަ ދަނޑުތަކުގައި ޓާފް އަޅައި ދަނޑުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ. އެގޮތުން ނ. ހޮޅުދޫގައި ޤާއިމް ކުރި ޓާފް ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ފާއިތުވި ހަފްތާތެރޭގައި ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ