ޖޯރޖިއާ ސްޓޭޓުގެ ގަވަރުނަރު ބުރެއަން ކެމްޕ

ޖޯރޖިއާގެ ގަވަރުނަރު ފޭސްމާސްކުގެ މައްސަލައިގައި އެޓްލަންޓާއާއި ދެކޮޅަށް ދައުވާ ކުރަނީ

އެމެރިކާގެ ޖޯރޖިއާ ސްޓޭޓުގެ ގަވަރުނަރު ބުރެއަން ކެމްޕް އެ ސްޓޭޓުގެ ވެރިރަށް އެޓްލަންޓާއިން ފޭސްމާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމުމާއި ގުޅިގެން އެ އަމުރު ބާތިލު ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިހަފްތާގެ ކުރީކޮޅު ކެމްޕް ވަނީ އާންމު ތަންތަނަށް ނިކުމެ އުޅޭއިރު ފޭސްމާސްކް އެޅުމަށް އެޓްލަންޓާއިން ނެރުމަށް ހަމަޖެހިފައިވާ އަމުރާއި ދެކޮޅަށް ހާއްސަ އަމުރެއްވެސް ނެރުއްވައިފައެވެ. ނަމަވެސް އެޓްލަންޓާގެ މޭޔަރު ކީޝާ ލޭންސް ބޮޓަމްސްވަނީ ކެމްޕުގެ މިފަދަ އަމުރަކުން އެޓްލަންޓާއިން ނިންމާ ނިންމުމެއް ބާތިލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާ އަދިވެސް ފާހަގަ ކޮށްލެވިގެންދަނީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރޭ ގައުމުގެ ގޮތުގައެވެ. މިގޮތުން އިއްޔެ އެކަނިވެސް އެމެރިކާގައި މިބައްޔަށް 70،000 ވުރެ ގިނަ މީހުން ޕޮޒިޓިވުވެފައި ވެއެވެ.

އެމެރިކާގެ ގިނަ ސްޓޭޓުތަކެއްގެ ގަވަރުނަރުން އަންނަނީ އެ ސްޓޭޓުތަކުގައި އާންމު ތަންތަނަށް ނިކުމެ އުޅޭއިރު ފޭސްމާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ނިންމަމުންނެވެ.

ޖޯރޖިއާގެ ގަވަރުނަރު ކެމްޕް ވިދާޅުވެފައިވަނީ ފޭސްމާސްކް އެޅުން މަޖުބޫރު ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ވާންޖެހޭނީ އިހުތިޔާރު ލިބިގެންވާ ކަމެއްގެ ގޮތުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ