ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް - ފޮޓޯ: އަވަސް

ޖިންސީ އަނިޔާ ލިބުނު ކުޑަކުއްޖަކު ރައްކާތެރި މާހައުލަކަށް ގެނެވިފައިވޭ - ޖެންޑަރ މިނިސްޓްރީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ގދ. އަތޮޅުގެ ރަށަކުން ކުޑަކުއްޖަކު ރައްކާތެރި މާހައުލަކަށް ގެނެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި 9 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ޚަބަރާއި ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް އަޙްމަދު ވިދާޅުވީ، އެފަދަ ރޭޕްގެ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް "ހުށަހެޅިފައި ނުވާ" ކަމަށެވެ.

"އެހެން ނަމަވެސް މިމަހުގެ 10 ގައި ގދ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ކުޑަކުއްޖަކު ވަނީ ރައްކާތެރި މާހައުލަކަށް ގެނެވިފައި." ޖެންޑަރ މިނިސްޓްރީނ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ, މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހުރޭ 22:40 ހާއިރު 9 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމަށް އަތޮޅުތެރެއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ އުމުރުން 16 އަހަރުގެ ބޭބެއަކަށާއި އުމުރުން 13 އަހަރުގެ ބޭބެއަކަށް ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ