އެސްޓީއޯ އިން ލޭ ހަދިޔާ ކުރަން ކޭމްޕެއް ބާއްވައިފި

އެސްޓީއޯ އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

މި ކޭމްޕުގައި އެސްޓީއޯގެ 80 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރިކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި މި ކޭމްޕް އަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް (ސްޓޯކް) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށް އެކުންފުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ބްލަޑް ސަރވިސް އިން ވަނީ އެދިފައެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކެއް މީގެ ކުރިންވެސް އެކި މުއައްސަސާތަކުން ވަނީ ކުރިޔަށް ގެންގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ