މޫސުން ގޯސްވެ ކަނޑުގަދަވެ، ރާޅު އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެެރެފައިވަނީ މިއަދު ހެނދުނު 10:45 އިން ހަވީރު 03:00 އާއި ހަމައަށެވެ.
މި ވައިޓް އެލާޓްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވުމާއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
White Alert issued for rough seas and wave surges. pic.twitter.com/pgHYVeEr7V
— Maldives Meteorology (@MetMaldives) July 18, 2020
ރާޅު އަރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރުނުއިރު، މިއަދު ހެނދުނު 09:45 އިން ހަވީރު 03:00 އަށް ބ. އަތޮޅުން ލ. އަތޮޅަށް ނެރެފައިވާ އިތުރު އެލާޓެއްގައި ބުނެފައިވަނީ އެލާޓްގެ ވަގުތުގައިު އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
Alert White for heavy rain ,thunderstorms, strong winds & gusts. pic.twitter.com/IftIzlEEUi
— Maldives Meteorology (@MetMaldives) July 18, 2020
މީގެ އިތުރުން ހެނދުނު10:10 އިން ހަވީރު03:00 އަށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވާ ވައިޓް އެލާޓެއްގައި ބުނެފައިއިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
White Alert extended for heavy rain, thunderstorms and gusts for the area between Gaafu Alifu Atoll to Addu City. pic.twitter.com/v0lyFmbvs3
— Maldives Meteorology (@MetMaldives) July 18, 2020
ރާޅު އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރުނުއިރު، މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އިލްތިމާސް ކޮށްފައެވެ.




ހިޔާލު
Mikahala habaru ves liyan engey dw