ބީއެމްއެލްގެ ޢޭޓީއެމްއިން ޑޮލަރު ނަގާފައި. މުޅިންވެސް ދޫކުރަނީ ކުދި ނޫޓް

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކުން ކުދިނޫޓް، ކަސްޓަމަރ ކެއަރ އިން ހަދަނީ ދޮގު!

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި ކުދި ނޫޓް ދޫކުރާކަމުގެ ޝަކުވާތައް ގިނަވެ، ބީއެމްއެލްއަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިފައިވާ މި ދަނޑިވަޅުގައި ބީއެމްއެލްގެ ޑޮލަރު އެކައުންޓްގައި ބެލެންސް ހުރެ، އޭޓީއެމްއިން ޑޮލަރު ނަގާއިރު ކުދި ނޫޓް ދޫކުރާ މައްސަލައިގައެވެ.

މިނޫހާ ވާހަކަދެއްކި އެ ބޭންކްގެ ކަސްޓަމަރުން ބުނީ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދާ ޖެހެންދެންވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކުން ދޫކުރަމުންދަނީ މުޅިންވެސް 100 އިން ދަށުގެ ނޫޓުތައް ކަމަށާއި، އެކަމުގެ ސަބަބުން އެތައް ތަކުލީފެއް އުފުލަންޖެހޭ ކަމަށެވެ.

"ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ ޑޮލަރު ނަގަން މަސައްކަތްކުރާތާ. ކޮންމެ ފަހަރަކު، ކޮންމެ އޭޓީއެމްއަކުން ނެގިޔަސް މި އަންނަނީ މުޅިންވެސް 20 ޑޮލަރާއި 50 ޑޮލަރު. މި ހިފައިގެން ގޮސް ޑޮލަރުން މުސާރަދޭންޖެހޭ މީހުންނަށް ދިނަސް ޤަބޫލު ނުކުރާ ފަހަރު ވަރަށްގިނަ. މިދެން ވަރަށް ބޮޑު ތަކުލީފަކަށް ވެއްޖެ." މި ނޫހާ ވާހަކަދެއްކި ބީއެމްއެލްގެ ކަސްޓަމަރަކު ބުންޏެވެ.

މިވަގުތަކީ ކޮވިޑް-19 ގެ އިޤްތިޞާދީ ދަތި ވަގުތެއް ނަމަވެސް، ކުދި ޑޮލަރު ދޫކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އެ ބޭންކުގެ ކަސްޓަމަރުން ބުނެއެވެ. ކުދި ޑޮލަރުގެ ނޫޓް ދޫކުރަނީ ނޫން ކަމަށް ކަސްޓަމަރ ސަރވިސްއިން ބުނާކަމަށްވެސް މި ނޫހާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަމުގެ ތެދު މަޢުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ކަސްޓަމަރ ސަރވިސްއަށް މިނޫހުގެ ނޫސްވެރިޔަކު ގުޅުމުންވެސް ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެޖެންޓް ވިދާޅުވީ، ކުދި ޑޮލަރު އޭޓީއެމްތަކަށް އަޅާފައި ނުވާނެ ކަމަށާއި، އެހެން ދިމާވުމަކީ އިއްތިފާޤެއް ކަމަށް ވެދާނެ ކަމަށެވެ.

ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ޑޮލަރުގެ ކުދި ނޫޓް ދޫކުރާ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވީ، ބޭންކުން އޭޓީއެމަށް ފައިސާ އަޅަމުންދަނީ ބޭންކަށް ލިބޭ ފައިސާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި މީގެ ކުރިން ދުވާލަކު 1600 ޑޮލަރު (30 ދުވަހަށް  ތެރޭގައި 48000 ޑޮލަރު) ނެގޭއިރު، ކޮވިޑް-19 އާއި ގުޅިގެން އެ އަދަދު ވަނީ މަހަކަށް 2000 ޑޮލަރަށް ލިމިޓްކޮށްފައެވެ. އަދި މި 2000 ޑޮލަރު ނެގެނީވެސް އެއް ދުވަހު 1600 ޑޮލަރު އަދި ބާކީ 400 ޑޮލަރު އެހެން ދުވަހެކެވެ. މިކަންވެސް ރޭވިފައި ވަނީ ކަސްޓަމަރުންނަށް އެއްފަހަރު އޭޓީއެމްއަށް ގޮސްގެން ނުނިމޭގޮތަށެވެ. މިކަމުގެ ޝަކުވާވެސް ބޭންކްގެ ޚިދުމަތް ހޯދާ ކަސްޓަމަރުން ދަނީ ކުރަމުންނެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ބޭރު ފައިސާގެ ދަތިކަމެއް އަދި ނެތް ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް ރާއްްޖެއަށް ބޭރު ފައިސާގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި، މަސައްކަތްތައް ބައްޓަންކުރަމުން އަންނަނީ އެމަގުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވީ ނަމަވެސް، ޤައުމީ ބޭންކްގެ ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި ޢަމަލުކުރާ ގޮތުން ސަރުކާރާއި ބީއެމްއެލްގެ ބަސް ދިމާނުވާކަމުގެ ކަންބޮޑުވުން އާއްމުރައްޔިތުން ފާހަގަކުރެއެވެ.

މިލިޔުން ކިޔާލުމުން
17
ގުޅުންހުރި ލިޔުންތައް

3 Responses

  1. nurabo

    nujehey konmehen 100 inn matheege nootu dheykah.. kaleymen jamaa kuraa etchehtha eiee kaleymennah beynunha gothakah dheyn

  2. ޖަމަލު

    ކަލެއަށްދޭންވީ 100 މަތީގެ ނޫޓް ދޯ

    1
    1
  3. ޑިޑި

    ދީވެހިންގެ ލޭބޯ ބޭންކް

    7
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ