ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާގެ ތެރެއިން | ފޮޓޯ: ވަން އޮންލައިން

ކަރަންޓީނުގައި ހުރި މީހަކު ތުޅާދޫއިން ނިޔާވެއްޖެ

ކަރަންޓީނުގައި ހުރި މީހަކު ބ. ތުޅާދޫއިން ނިޔާވެއްޖެއެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު މިނޫހަށް ވިދާޅުވީ، އޭނާ ނިޔާވެފައިވަނީ މިއަދު ޢަޞުރުވަގުތު ހާއިރުކަމަށެވެ. އަދި ނިޔާވެފައިވަނީ އުމުރުން 59 ދިވެހިި ފިރިހެނެއްކަމަށްވެސް ޒާއިދު ވިދާޅުވިއެވެ.

ޒާއިދު ވިދާޅުވީ އެމީހާއަކީ އެރަށަށް ނިސްބަތްވާ މީހެއްކަމަށާއި، އޭނާ ނިޔާވީ ކަރަންޓީނުގެ މުއްދަތު ހަމަވާން ވަރަށް ކައިރިވެފައިވަނިކޮށްކަމަށެވެ.

މީގެއިތުރުން ނިޔާވި މީހާގެ ސާމްޕަލް ނަގައި އެއަތޮޅު ހޮސްޕިޓަލަށް މިހާރުވަނީ ފޮނުވާފައެވެ. އެހެންނަމަވެސް ނަތީޖާ އަދި ނުލިބޭކަމަށް ޒާއިދު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 2913 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 2340 މީހަކުވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި 15 މީހަކު މިބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ