ފުލުހުންގެ މައި އިދާރާ ކުރިމަތިން އެކްސިޑެންޓެއް ވެއްޖެ

ފުލުހުންގެ މައި އިދާރާ ކުރިމަތިން އެކްސިޑެންޓެއް ހިނގައިފިއެވެ.

ސައިކަލަކާއި ޓެކްސީއެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ ދާދި ދެންމެއެވެ.

ބޮޑުތަކުރުފާނުމަގުން ހުޅަނގުން އިރަށް ދުއްވަފައިދިޔަ ޓެކްސީއެއްގައި ޖެހިފައިވަނީ ފަހަތުން ދުއްވާފައި ދިޔަ ޖީއެން ސައިކަލެކެވެ. މި އެކްސިޑެންޓުގައި ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާއިރު ސައިކަލަށް ގެއްލުމެއް ލިބިފައިވާކަން ބޭރުފުށުން ފެންނާކަށް ނެތެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ސައިކަލް ދުއްވި ޒުވާނާ ވަނީ ދެ ފުލުހުންގެ ހާޒިރުގައި ޓެކްސީ ޑްރައިވަރަށް އިންޒާރުދީފައެވެ. އަދި އެކަމާ ގުޅިގެން އެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެކަމަށް އެވަގުތު ސީންއަށް އެޓެންޑްވި ފުލުސް މީހާ ވަނީ އެ ޒުވާނާއަށް އަންގާފައެވެ.

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް