45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރައި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސު މާބެހޭ ގައު މީ އިދާރާ،  މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ފަ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެ މެދުގެ ސަރަހައްދަށެވެ.

މިއަދު ހެނދުނު 09:00 އިން  މެންދުރު 14:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައަދަށް ގުގުރު މާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ގަދަވެ، ކަނޑުތައް ގަދަވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ