55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް

ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ތިލަދުންމަތިން ފެށިގެން ހައްދުންމައްޗަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ލ.އަތޮޅަށެވެ.

މިއަދު މެންދުރު 12:00 އިން 16:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ.

ބޮޑު ސަރަހައްދަކަށް މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް ނެރުނުއިރު ހެނދުނު 10:00 އިން 15:00 އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން އިއްޔެ ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށާއި، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ