އައްޑޫސިޓީ މަރަދޫ ސްލިޕްވޭ ކައިރީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ދެސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 7:13 އެހާކަންހާއިރުކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިއެކްސިޑެންޓްވި ދެ ސައިކަލް ދުއްވި ދެ މީހުންކުރެ މީހެއްގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.