ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)، އިމިގްރޭޝަން ގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
މޮސްޓާ ވިދާޅުވެފައިވަނީ އިމިގްރޭޝަން ގެ ގާނޫނަށް ރައްޔިތުން މަޖިލީހުގެ ރައީސް މަހައްމަދު ނަޝީދު ހުށަހަޅައިފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ދިވެހި ރާއްޖޭގައި ދިރިއުޅުމުންދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވައްޓެރި ގައުމަކަށް ނިސްބަތްވާ 25،000 ބިދޭސީނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތް މަގުފަހި ކުރުމަށް ހުށަހަޅާފައިވާ ބިލެއްކަމަށާއި މިކަމުގެ އެންމެ ފުރިހަމަ މައުލޫމާތު އެނގިހުރި ފަރާތްތަކުން ވަނީ މައުލޫމާތު އަރުވާފައިކަމަށް މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
އަދި މިކަން ތަރުތީބު ކުރެވިގެންދަނީ ވަކި ހިސާބަކުން އެމީހުންނަށް ދިވެހި ރާއްޖޭގެ ރައްޔިތުކަން ދިނުންކަމަށް ވާކަމަށާއި އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއެކު ރާއަޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވައިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް މޮސްޓާ ވިދާޅުވެފައިވެއެވެ. އެގޮތުން އެމީހުން ބެނުންވާ ދީނަކަށް އުޅުމަށް ފައްޅިއެޅުމާއި އެމީހުންގެ ދަރިން ސްކޫލަށް ދާއިރު އެމީހުންގެ ދީނީ ތައުލީމު ލިބޭނެގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެކަމަށް ވާކަމަށާއި މިކަންތައްތައް ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޯސްޓާ އިތުރަށް ވިދާޅުވެފައިވަނީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުނަކަމަށް ރައްޔިތުނަ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވުަމަކީ މިކަމަށް އިތުރަށް ބާރުލިބިދޭ ހެއްކެއް ކަމުގައެވެ. 25،000 މީހުނަށް ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފިނަމަ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަަށް އެހެން ގައުމުތަކުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭނެކަމަށާއި މިއަދަދު ބޭނުންކޮށްގެން ދިވެހި ރާއްޖޭގެ މަދު ބައެއްގެ ވޯޓްކޮޅަކާއި އެކު އިންތިހާބެއް ކާމިޔާބު ކުރެވޭނެކަމަށެވެ.
ދިވެހި ރާއްޖެ މިވަގުތުވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަން މަޖިލީހުގެ ސަމާލުކަށް ގެންނަށް ބޭނުނަވާ ކަމަށާއި އެގޮތުން އަވައްޓެރި ގައުމެއްގެ ޖާސޫސޫ އިދާރާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގެ އެންމެ ދެކުނާއި ހައްދުންމަތި މާލޭގައި ހަތިޔާރާއެކު މިހާރުވެސް ހަހަކާތްތެރިވުމަކީ އެކަށީގެންވާ ކަމުގައި މޮސްޓާ ވިދާޅުވިއެވެ. މީގެ އިތުރުން މި ދެންނެވި ގައުމުގެ އެމްބަސީއިން ރާއްޖޭގެ ގިނަ މީޑިއާތަކަށް ހަރަދުކޮށް އެގައުމުތަކާއި ދެކޮޅަށް މީޑިއާ ލިޔުންތައް ނުލިޔާނެކަމުގެ ޔަގީންކަން ހޯދާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި ރައްޖޭގެ ސަރުކާރުގެ ބައެއް އިދާރާތަކުގަޔާއި މުއާސަލާތީ ހިދުމަތްދޭ ދިރާގު އަދި އުރިދޫގައި މިފަދަ ޖާސޫސުން ތިބޭކަމަށެވެ.
މި ކަންކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާ ވާނެ ކަންތައްތަކެއް ކަމަށާއި ދިވެހި ރާއްޖޭގެ މިނިވަނަކަމާއި އިސްތިގްލާލު ގެއްލިގެން ދާނެފަދަ ކަންކަމަށް ވާތީ އެކަން ސަމާލުކަމަށް ގެނައުމަކީ މި މައްސަލަ ހުށަހެޅުމުގެ މަގްސަދު ކަމުގައި މޮސްޓާ ވިދާޅުވެފައިވެއެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނަން، ހާޒިރުވެ ތިއްބެވި 41 މެމްބަރުންގެ ތެރެއިން ވޯޓް ދެއްވައިފައިވަނީ 16 މެމްބަރުންނެވެ. އަދި ބަލައިގަންނަން ނުފެއްނަކަމަށް ވޯޓް ދެއްވައިފައިވަނީ 19 މެމްބަރުނަަނެވެ.
އިމިގްރޭޝަން ގެ ގާނޫނަށް ހުށަހަޅައިފައިވާ އިސްލާހާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި




