ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ފަޒީލު ސަސްޕެންޑު ކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއެކު، އެ މަޤާމުން އޭނާ ސަސްޕެންޑް ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ފަޒީލްއާ ގުޅިގެން ކުރެވޭ ޖިންސީ ގޯނާ ތުހުމަތުތަކާއި ގުޅިގެން އޭނާ މިހާރު އެ މަޤާމުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ،މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަޒީލްއަށް ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ.

ފަޒީލުއަށް ކުރެވެމުންދާ ޖިންސީ ގޯނާގެ ތުހުމަތު ތަކާއެކު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިންވެސް މައްސަލަ ބަލަން ފަށައިފިކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

އެމްއާރްއެމް އިން ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ މަގާމެއްގައި ހުރި މީހަކާމެދު ޖިންސީ ފުރައްސާރައާއި އަނިޔާގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކުރެވެމުންދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ބަލާ ނިމެންދެން ޕާޓީގެ ހަރަކާތް ތަކުން އޭނާ ވަނީ އެކަހެރި ކުރެވިފައިކަމަށް އެ ޓްވީޓްގައި  ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ