އަންނަމަހު މާލޭގެ ސްކޫލްތަކުގައި އިތުރު ދެ ގުރޭޑަށް ކިޔަވައިދޭން ފަށަނީ

އަންނަ އޮގަސްޓް މަހު މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އިތުރު ދެ ގުރޭޑަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާތިޔާ ނަސީރު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަންނަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ވިސްނަމުންދާކަމަށެވެ. މިގޮތުން ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުންދާކަމަށް އާޠިޔާ ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމުން ދަތިތަކެއް ކުރިމަތިވިނަމަވެސް ދަރިވަރުންނަށް ކިޔަވއިދެމުންދާނީ މިހާރުވެސް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައިކަމަށެވެ.\

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ތިން މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ކިޔަވާދޭން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުން ފެށިއިރު ކޮވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް އެކަކުން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށްވަނީ ކިޔަވައިދޭން ފަށައިފައެވެ. އަދި މާލެ ސަރަހައްދުގައި ކިޔަވައިދޭން ފަށައިފައިވަނީ ގްރޭޑް ނުވައަކުން 12 އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ