ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޢަލީ އިސްތިޢުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޢަލީ އިސްތިޢުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރުކަމުގެ މަޤާމުން ޙަސަން ޢަލީ އިސްތިޢުފާ ދިނުމާ ގުޅިގެން މިއަދު އަލްއުސްތާ ޙަސަން ޢަލީ، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވިފައިވާކަމަށެވެ.

މި ނޫސްބަޔާނުގެ ޖޭއެސްސީ އިން ވިދާޅުވީ، މ.ޝައިނިންގސްޓަރ އަޙްމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ ތަހުޤީގުކުރުމުގެ ތެރޭގައި،2014 ވަނަ އަހަރު ކޮންޓްރޯލް އޮފް އިމިގްރޭޝަންގެ މަޤާމުގައި އޭރު ހުންނެވި، އަދި މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޢަލިޢާއި،  ޕޮލިސް ސަރވިސްގެ އިންޓެލްގައި މަސައްކަތްކުރާ ދެ ފުލުހުން  ގުޅިގެން ރިޟްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވެލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ތުޙުމަތުކުރެވޭތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑުޔާރު އަލްއުސްތާޛު ހަސަން ޢަލީގެ މައްޗަށް ތުޙުމަތު ކުރެވޭ ޖިނާއީ ކުށުގެ މައްސަލަ، "މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤގުކުރާ ކޮމިޝަން" އިން ތަހްޤީގް ކުރަމުންދާކަމުގެ މައުލޫމާތު އެކޮމިޝަނުން އެންގުމާއި ގުޅިގެން، ޤާނޫނު ނަންބަރު 10/2010 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫން) ގެ 25 ވަނަ މާއްދާގެ (ޏ) ގައި ވާ ގޮތުގެ މަތިން، 16 ސެޕްޓެމްބަރު 2019 ވަނަ ދުވަހުން ފެށިގެން މި މައްސަލައިގެ ޖިނާއި ތަހުޤީގު ނިމި ވަކި ގޮތަކަށް އަންގަންދެން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޢަލީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނުކުމެ މަޑުކުރަމަށް ވަނީ އެންގިފައި ކަމަށެވެ.

މި ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޢަލީގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ހިނގައިފައިވޭތޯ ބެލުމަށް ކޮމިޝަނުން ކުރާ ތަހްޤީޤު މަސައްކަތްތައް ނިންމާ، ފަނޑިޔާރަށް ޖަވާބުދާރީ ވުމަށް 12 ޖުލައި 2020 ވަނަ ދުވަހު ތަހުޤީޤު ރިޕޯޓް ފޮނުވުނުކަމަށެވެ. އަދި ޖަވާބުދާރީ ވުމަށް ޤާނޫނުން ފަނޑިޔާރު ޙަސަން ޢަލީއަށް ލިބިދޭ 7 ދުވަހުގެ މުއްދަތު ހަމަވެ، ފަހު އަޑު އެހުމަކަށް 21 ޖުލައި 2020 ގައި ހާޒިރުވުމަށް 20 ޖުލައި 2020 ގައި އަމުރު ފޮނުވާފައިވަނިކޮށް މިއަދު ފަނޑިޔާރު ޙަސަން ޢަލީ ވަނީ ފަންޑިޔާރުކަމުން އިސްތިޢުފާ ދެއްވާފައިވާ ކަމަށް މި ނޫސްބަޔާނުގައި ޖޭއެސްސީ އިން ވިދާޅުވެފައިވެއެވެ.

އަދި ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މައްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން މިއަދު އަލްއުސްތާ ޙަސަން ޢަލީ، ފަނޑިޔާރުކަމުގެ މަޤާމުން ވަނީ ވަކިކުރެވިފައި ކަމަށް ނޫސްބަޔާނުގައި ވެއެވެ.

(ތަފްސީލު އަންނަނީ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ